ސްވީޑަން އަދި ޑެންމާކްގައި މުޞްޙަފް އެންދުމާއި އަލް-އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ ވަނުމާ ގުޅިގެން އޯ.އައި.ސީ. އިން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި
އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އެންދުމާއިގުޅިގެން މިކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ. ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އެ ޖަމުއިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޚަލީލް ބައިވެރިވެ ވަޑައިގަތެވެ.