ޚަބަރު

ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ދަތުރުކުރައްވާ އަދި އެ ސަރަޙައްދުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންގެ ސަމާލުކަމަށް

ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ދަތުރުކުރައްވާ އަދި އެ ސަރަޙައްދުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންގެ ސަމާލުކަމަށް

Ref: 2024/PR/250

މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތުއޮތުމުން، މިމިނިސްޓްރީ އާއި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން މިގެންދަނީ ކަރސްކް ސަރަހައްދުގައި ތިބި  ދިވެހި ކިޔަވާ ކުދިންގެ  ހާލު ވަރަށް ގާތުން ބަލަމުންނެވެ.

މިދަނޑިވަޅުގައި، އެ ސަރަޙައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. 

ރަޝިޔާގެ ކަރސްކްގައި އޮތް ނުރައްކާގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅުއްވުމަށް ދަންނަވަމެވެ. އެމްބަސީއާ ގުޅޭނެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ފޯން: 61 164 129 17 49+

ހޮޓްލައިން: 60 738 200 30 49+

އީމެއިލް: This email address is being protected from spambots. You need JavaScript enabled to view it.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960