Ref: 2025/PR/231
ޕެރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެލްމަރ ސްކީލަރ ސަލްސީޑޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ޕެރޫ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ޕެރޫގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް ފޮނުވަމެވެ."
ދިވެހިރާއްޖެ އާއި ޕެރޫ އާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.
މަނިކުފާަނަށް ދުޅަހެޔޮ ސިއްޙަތާއި ޕެރޫ ރައްޔިތުންނަށް ސުލްހައާއި ކުރިއެރުން ލިބުމަށް މި ފުރުސަތުގެ ބޭނުން އަޅުގަނޑު ކުރީމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."
ނިމުނީ.