ޚަބަރު

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/248

ޕާކިސްތާން ގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މރ. މުހައްމަދު އިސްހާޤް ދާރު އަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރ ޑރ. ޚަލީލު ފޮނުއްވި މެސެޖުގައި، ޕާކިސްތާން ގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާން ގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމް އާއި ދެމުންގެންދާ އެއްބާރުލުމުގެ މައްޗަށްކަމަށް ވެސް ވިދާޅުވިއެވެ. 

އަދި މީގެ އިތުރުން، މިހާރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ސުލްހަ އާއި ތަރައްޤީ އަދި ކުރިއެރުމަށް، ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960