ޚަބަރު

‎‏ މާޝަލް އައިލަންޑްސްގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/98

‎‏‎ މާޝަލް އައިލަންޑްސްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޖޯސަފް އަންޑާލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‎‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި މާޝަލް އައިލަންޑްސް ސަރުކާރަށާއި ރައްޔިތުންނަށް، މާޝަލް އައިލަންޑްސްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

‎ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ  ޤައުމުތަކުގެ ހައިސިއްޔަތުން، ދިވެހިރާއްޖެ އާއި މާޝަލް އައިލަންޑްސް އަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކޮށް ދެގައުމު ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

‎‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

‎ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960