Ref: 2026/PR/22
ލިތުއޭނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ކެސްޓޫޓަސް ބުޑްރީސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ލިތުއޭނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ލިތުއޭނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑުގެ އުންމީދަކީ ދިވެހިރާއްޖެއާއި ލިތުއޭނިއާ ދެމެދު އޮތް ރަޙްމަތްތެރި ގުޅުމާއި އެއްބާރުލުން، ކުރިއަށް އަންނަން އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދިޔުމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ