Ref: 2025/PR/144
ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލަންސީ އެންރީކޭ އޭ މަނާލޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާ އަރިސްކުރައްވާ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މެސެޖް ތިރީގައި އެވަނީއެވެ.
ފިލިޕީންސްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ފިލިޕީންސްގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެ އާ ފިލިޕީންސް އާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އޮންނަ ގާތް ގުޅުމެކެވެ. އަދި ކުރިއަށް އޮތް އަަހަރުތަކުގައި ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އަޅުގަޑު އުއްމީދުކުރަމެވެ.
މިފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްޚަތަކަށް އެދެމެވެ. އަދި އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."
ނިމުނީ.