ޚަބަރު

ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/251

ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އެންވަޔަރަންމަންޓް އެންޑް ކަލްޗަރ ސަބީނޭ މުނައުނީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްގެ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ. 

"ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ކަމަނާއަށާއި ލިކްޓަންސްޓައިންގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރަމެވެ.

އަދި ދިވެހިރާއްޖެ އާއި ލިކްޓަންސްޓައިން އާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަނާއާއި ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި މަސައްކަތްކުރުމަށް އުންމީދުކުރަމެވެ. 

އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960