Ref: 2025/PR/213
ކޮލޮމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ރޯސަ ޔޮލާންޑަ ވިލަވިސެންސިއޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ކޮލޮމްބިއާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ކޮލޮމްބިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.
ދިވެހިރާއްޖެ އާއި ކޮލޮމްބިއާ އާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."
ނިމުނީ