ޚަބަރު

ކަބޯ ވަރޑޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖަނަލް އިންޓެގްރޭޝަނަށް، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ކަބޯ ވަރޑޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖަނަލް އިންޓެގްރޭޝަނަށް، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2025/PR/192

ކަބޯ ވަރޑޭ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖަނަލް އިންޓެގްރޭޝަން، ހޮޒޭ ފިލޮމެނޯ ދެ ކަރްވަލްހޯ ޑިއާސް މޮންޓެއިރޯ އަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީ:

"ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، ކާބޯ ވަރޑޭ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން  ބަދަހިކުރުމަށްޓަކައި މަނިކުފާނާއެކު ގާތުން މަސައްކަތް ކުރުމަށް އުންމީދުކުރަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960