ޚަބަރު

އިނގިރޭސިވިލާތުގެ  ފޮރިން  ސެކްރެޓަރީ   އަށް  ހިޒް  މެޖެސްޓީ  ކިންގް  ޗާރލްސް III  ގެ  ރަަސްމީ  އުފަން  ދުވަހުގެ  ތަހުުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އަށް ހިޒް މެޖެސްޓީ ކިންގް ޗާރލްސް III ގެ ރަަސްމީ އުފަން ދުވަހުގެ ތަހުުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/152

އިނގިރޭސިވިލާތުގެ  ރަސްގެފާނު  ހިޒް  މެޖެސްޓީ  ކިންގް  ޗާރލްސް III  ގެ  ރަސްމީ  އުފަން  ދުވަހުގެ މުނާސަބަތުގައި  އިނގިރޭސިވިލާތުގެ ސެކްރެޓަރީ  އޮފް  ސްޓޭޓް  ފޮރ  ފޮރިން،  ކޮމަންވެލްތު  އެންޑް  ޑިވެލޮޕްމަންޓް  އެފެއާޒް،  ޑޭވިޑް  ލެމީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި،  އިނގިރޭސިވިލާތުގެ  ސަރުކާރަށާއި  ރައްޔިތުންނަށް  އިނގިރޭސިވިލާތުގެ  ރަސްގެެފާނު  ހިޒް  މެޖެސްޓީ  ކިންގް  ޗާރލްްސް  III ގެ  ރަސްމީ  އުފަން  ދުވަހުގެ  އުފާވެރި  މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް  އަރިސްކުރަމެވެ. 

މިއަހަރުގެ  ތެރޭގައި  ދިވެހިރާއްޖެ  އާއި  އިނގިރޭސިވިލާތާ  ދެމެދު  ޚާރިޖީ  ގުޅުން  ގާއިމުކުރެވުނުތާ  60  އަހަރު  ފާހަގަ  ކުރެވޭ  ހިނދު،  މި  ފުރުޞަތުގައި  ކުރިއަށް  އޮތް އަހަރުތަކުގެ  ތެރޭގައިވެސް  ދެ  ޤައުމުގެ  ދެމެދުގައިވާ  އެކުވެރިކަމުގެ  ގުޅުން  އިތުރަށް  ހަރުދަނާ  ކުރުމަށް  މަނިކުފާނާ  ގުޅިގެން  ގާތުން  މަސައްކަތް  ކުރާނެ  ކަމުގެ  ފުރިހަމަ  ޔަޤީންކަން  އަރުވަމެެވެ.

‏‎‏އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960