ޚަބަރު

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފި
Featured

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފި

Ref: 2025/PR/280

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް މިއަދު އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2025 ގައި ރޯލްއޯވާކޮށްފައެވެ.   

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ.

މި މުހިއްމު އެހީތެރިކަން ދައްކަުވައިދޭނީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ބަހައްޓަވައި ގާތްކަމެވެ. ދިވެހި ސަރުކާރުން އުންމީދުކުރަނީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960