ޚަބަރު

ގްރީސް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ގްރީސް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/146

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ގްރީސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އަލިކީ ކޮޓްސުމިޓޮޕުލޫ އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވަނީ ސަފީރު ކޮޓްސުމިޓޮޕުލޫ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު ހެނދުނު އެރުވުމުން އެކަމަނާ އަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަފީރު ކޮޓްސުމިޓޮޕުލޫ ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ގްރީސް އާއި ދިވެހިރާއްޖެއާ ދެމެދު ޚާރިޖީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެކަމަނާ އެރުވިއެވެ. 

މި ބައްދަލުވުމުގައި ވަޒީރު ޑޮކްޓަރ ޚަލީލްގެ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ ޚަދީޖާ އައުފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960