ޚަބަރު

ފްރާންސްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ފްރާންސްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/204

ފްރާންސްގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ "ބަސްޓީލް ޑޭ"ގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޖޮން-ނޮއެލް ބަރޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.


"ބަސްޓީލް ޑޭ ގެ މުނާސަބަތުގައި މަނިކުފާނަށާއި ފަރަންސޭސިވިލާތު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އަރިސްކުރަމެވެ. 

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ މުހިންމު ކަންކަމުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް އެއްބާރުލުން ހަރުދަނާކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960