Ref: 2025/PR/264
އެސްވަޓީނީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މިސް ފޮލިލެ ޝަކަންޓޫ އަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ކަމަނާއަށާއި، އެސްވަޓީނީގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި އެސްވަޓީނީ އާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށްޓަކައި، ކަމަނާއާ ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދު ކުރަމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
ނިމުނީ