Ref: 2025/PR/271
އެލް ސަލްވަޑޯރގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު، ހުއާނާ އެލެކްޒެންޑްރާ ހިލް ޓިނޯކޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނައަށާއި އެލް ސަލްވަޑޯރގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ގައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.
އެލް ސަލްވަޑޯރ އާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައިވާ އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި ހަރުދަނާވެ، އިތުރުވެގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.