Ref: 2025/PR/189
ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު މަކްސިމް ރައިޒެންކޯވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ބެލަރޫސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ.
އަދި ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، މަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެމެވެ."
ނިމުނީ.