ޚަބަރު

ބަހާމާސްގެ  ޚާރިޖީ ވަޒީރަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު ފޮނުއްވައިފި

ބަހާމާސްގެ ޚާރިޖީ ވަޒީރަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/199

ބަހާމާސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ފްރެޑްރިކް މިޝެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ބަހާމާސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، މަނިކުފާނާއި ބަހާމާސް ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެއާއި ބަހާމާސްއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ  ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުގައިވާތީ، އަޅުގަނޑުގެ އުންމީދަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިޔުމެވެ.

މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ބަހާމާސްގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަދި، މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960